ނައިބު ރައީސް ފައިޞަލް ނަސީމް ހިލާލީގެ ދޫކުރައްވައި، ނުކުމެވަޑައިގެންފިއެވެ.

އެމަނިކުފާނު ހިލާލީގޭގައި ދިރިއުޅުއްވަން ފެއްޓެވީ ޖެނުއަރީ 7، 2018 ގައެވެ.

ފައިޞަލް ހިލާލީ ގެއިން ބަދަލުވެވަޑައިގަތްފައިވާ އިރު، ދެން އެގޭގައި ދިރިއުޅުއްވާނީ އިންތިޚާބީ ނައިބު ރައީސް ޙުސެއިން މުޙައްމަދު ލަތީފުއެވެ.

ފައިޞަލް ހިލާލީގެއިން ބަދަލުވެވަޑައިގެންނެވިއިރު،  ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙުމަދު ވެސް ވަނީ މި މަހުގެ 10 ވަނަ ދުވަހު މުލީއާގެއިން ނިކުމެވަޑައިގެންފައެވެ.

ރައީސް ޞާލިޙާއި، އަނބިކަނބަލުން ފަޒްނާ މުލީއާގެއަށް ދިރިއުޅުން ބަދަލުކުރެއްވީ ނޮވެމްބަރު 30, 2018 ގައެވެ.