ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ކޮށްދެއްވައިފައިވާ ކަންކަމަށް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ޝުކުރު އަދާ ކުރައްވައިފިއެވެ.

އެކްސްގައި ރައީސް މައުމޫން، ރައީސް ޞާލިޙަށް ދެއްވި މެސެޖްގައި ވަނީ، އެމަނިކުފާނަށް ހެޔޮ ޞިއްޙަތާއި ރަނގަޅު މުސްތަޤްބަލަކަށް އެދިވަޑައިގެންފައެވެ.

ރައީސް ޞާލިޙުގެ ސަރުކާރުގެ ކޯލިޝަނުގައި، ރައީސް މައުމޫން އިސްވެ ހުންނަވައި އުފެއްދެވި، އެމްއާރްއެމް ވެސް ހިމެނުނެވެ. ނަމަވެސް އެ ޕާޓީން، މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙާއިއެކުގައި ނުކުމެފައެއް ނުވެއެވެ. އެ ޕާޓީގެ މެމްބަރުންގެ އަދަދު މަދުވުމުން ދިމާވި ހުރަސްތަކާއިއެކު، ޕާޓީގެ ރައީސްގެ މަޤާމުގައި ހުންނެވި، ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން، އިންތިޚާބުގައި ވާދަ ކުރެއްވީ އަމިއްލަ ގޮތުންނެވެ.