ދިވެހި ޤައުމުގެ މިނިވަންކަމާއި ސިޔާދަތީ ރަތް ރޮނގު، އެމަނިކުފާނު އަބަދުވެސް ފިސާރި ފަލަކޮށް ދައްމަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

އަށްވަނަ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ ހުވައި ކުރައްވައި، ޖުމްހޫރީ މައިދާނުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވަނީ ރާއްޖެއިން ދުނިޔޭގެ އެއްވެސް ޤައުމަކާއިމެދު ހަސަދަވެރިކަމެއް ނުބާއްވަވާނެ ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް، ޤައުމުގެ މިނިވަންކަމާއި ސިޔާދަތީ ރަތް ރޮނގު ވަރަށް ފަލަކޮށް ދައްމަވާނެކަން ފާހަގަކުރައްވައި، ދިވެހި ސަރުކާރުގެ ސިޔާސަތު ބިނާވާން ޖެހޭނީ ދިވެހީންނަށް އެންމެ ފަހި ގޮތުގެ މައްޗަށް ކަމުގައި ވިދާޅުވިއެވެ.

”އެއީ ކޮންމެ ޤައުމެއްގައި ވެސް އޮންނާނެ ރަތް ރޮނގެއް، އޮންނަން ވާނެ ރަތް ރޮނގެއް. އެހެން ޤައުމެއްގެ މިނިވަންކަމާއި ސިޔާދަތީ ރަތް ރޮނގަށް ދިވެހި ދައުލަތުން އިޙްތިރާމް ކުރާނެ. ދިވެހި ދައުލަތުގެ ރަތް ރޮނގަށް ވެސް އެ ޙައްޤު އޮންނަންވާނެ.“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.

”އަޅުގަނޑަކީ ދިވެއްސެއް. އަޅުގަނޑަށް ދިވެހި ރައްޔިތުން އަންނަނީ ލިސްޓުގެ އެއްވަނައަށް. ފުރަތަމައަށް، އެހެން ޤައުމެއްގެ ބަޔަކު އަންނާނީ އޭގެ ފަހަތަށް. “ ރައީސް އިތުރަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ފޮނުވައިލެއްވުމަށް ވެވަޑައިގެންނެވި ވަޢުދުފުޅު ތަކުރާރު ކުރައްވަވައި، ބޭރު ސިފައިންނަށް ރާއްޖޭގައި ނުތިބެވޭނެ ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ދިވެހީންނަކީ މިނިވަންކަމުގެ ދަރީން ކަމަށާއި، ދޫނި އޭގެ ހާލި ބަލަހައްޓާ އުސޫލުން ދިވެހީން މިނިވަންކަން ހިމާޔަތް ކުރަމުން އަންނަ ކަމަށެވެ.

”އެއީ ދިވެހި ރައްޔިތުން އެދޭ ގޮތް. ދިވެހީންގެ ނަފްސާއި ފުރާނައިގެ ނިންމުން.“

 

މިނިވަންކަންމަތީ ދެމިތިބުމަކީ ދިވެހީންގެ ނިންމުން ކަމުގައިވާއިރު، ރައީސް ދެއްވީ އެ ނިންމުމަށް އަބަދުވެސް އިޙްތިރާމް ކުރައްވަވާނެކަމުގެ ޔަޤީންކަމެވެ.

”ހިމޭން ރީތި، މިންގަނޑުގެ އެހީގައި، ދިވެހިރާއްޖޭގެ އަކީ އިރާދަކުރެއްވިއްޔާ، ބޭރުގެ އެހެން އެއްވެސް ޤައުމެއްގެ ސިފައިން ނެތް ރާއްޖެއަކަށް ހަދާނަން.“

ރައީީސް އިތުރަށް ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުން އެ ފައްޓަވަނީ ދިވެހި އުއްމަތް، އޭގެ ޙަޤީގީ ބަނދަރާއި ދިމާއަށް މިސްރާބު ހެޔޮ ކޮށްލުމުގެ ދަތުރު ކަމަށެވެ.