ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ޚާއްޞަ އެޑްވައިޒަރަކަށް ޕީއެންސީގެ ޗެއާޕާސަން ޢަބްދުއްރަޙީމް އައްޔަނު ކުރައްވައިފިއެވެ.
ސީނިއާ މިނިސްޓަރުގެ ފެންވަރުގައި އަބްދުއްރަޙީމާއި، ސްޕެޝަލް އެޑްވައިޒަރުކަމުގެ މަޤާމުގެ ފަތްކޮޅު ޙަވާލު ކޮށްދެއްވީ ރައީސް އޮފީހުގައި، ރައީސް ޑރ.މުޢިއްޒެވެ.
ރައީސް މުޢިއްޒުގެ ކެބިނެޓުގައި 22 ވަޒީރުން ތިއްބަވާނެއެވެ.
ރައީސް މުޢިއްޒުގެ ސްޕެޝަލް އެޑްވައިޒަރަކަށް އައްޔަނު ކުރެއްވި ޢަބްދުއްރަޙީމަކީ އިދިކޮޅު ލީޑަރު ރައީސް ޔާމީނަށް ޖަލު ޙުކުމް އިއްވެވުމުން، ޕީޕީއެމް/ޕީއެންސީ ހިންގެވުމުގައި އެންމެ އިސްކޮށް ހުންނެވި ފަރާތެވެ.
ރައީސް މުޢިއްޒާ އެކު ކެމްޕެއިނަށް ހުރިހައި ރަށަކަށް ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަޙީމް ވަޑައިގަތެވެ.
