ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފު ހަމަޖައްސަވައިފިއެވެ.
އެ މަޤާމުގެ ފަތްކޮޅު އޭނާއަށް ހަވާލުކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއް ގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެންމެ އިސް މަޤާމުތަކަށް ބޭފުޅުން އައްޔަން ކުރުމަށް ބޭއްވި ރަސްމިއްޔާތު ގައި އަބްދުއްރަހީމަށް ފަތްކޮޅު އެރުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
ނިމިދިޔަ ސަރުކާރު ގައި އަބްދުއްރަޙީމަކީ ވައިސް ޗީފް އޮފް ޑިފެންސް ފޯސްއެވެ.
