ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސަރުކާރުގެ ޤައުމިއްޔަތު މިނިސްޓަރު ކަމަށް އާދަމް ނަސީރު އިބްރާހިމް އައްޔަން ކުރައްވައިފިއެވެ.
އާދަމް ނަސީރު އެ މަޤާމަށް އައްޔަނު ކުރައްވާފައިވަނީ ވަޒީރުންގެ މަޖިލީހަށް ވަޒީރުން އައްޔަން ކުރެއްވުމަށް ރައީސް އޮފީހުގައި މިރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައެވެ.
އޭނާއަށް މަޤާމުގެ ފަތްކޮޅު އެރުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއެވެ. ރައީސް މުޢިއްޒުގެ ކެބިނެޓުގައި 22 މިނިސްޓަރުން ހިމެނިވަޑައިގަންވައެވެ.
