ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ދެއްކެވި ރީތި މިސާލާ އެއްގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޤައުމުގެ ކަންކަން ގެންގޮސްދެއްވާނެ ކަމަށް އުއްމީދުކުރައްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު، ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
އޭނާ މިގޮތަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއަށް މަރުޙަބާ ދަންނަވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރޮޒައިނާ ވިދާޅުވީ، ވޭތުވެދިޔަ ސަރުކާރުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ރީތި މިސާލު ކުރިއަށް އޮތް ފަސް އަހަރުގައި ރައީސް ޑރ. މުޢިއްޒުގެ ފަރާތްޕުޅުންވެސް ފެނިވަޑައިގަންނަވާކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
ރޮޒައިނާ ވަނީ، ރައީސް ޞާލިޙުއަށާއި އެމަނިކުފާނުގެ ނައިބު ރައީސް ފައިޞަލް ނަސީމު ވޭތުވެދިޔަ ފަސް އަހަރު ރާއްޖެއަށް ކޮށްދެއްވި ޚިދުމަތަށްޓަކައި އެދެބޭފުޅުންނަށް ޝުކުރު ދަންނަވާފައެވެ.
ރައީީސް މުޢިއްޒު ހުވައި ކުރެއްވުމަށް ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ރޮޒައިނާ ބައިވެރިވެވަޑައިގެންނެވިއެވެ.
