އުރީދޫ މޯލްޑިވްސްގެ ފަން ރަން 2023 އަށް ރެޖިސްޓަރުވުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ އިރު، އުރީދޫން ވަނީ ބައިވެރިންނަށް ލިބޭ ބިބް ކަސްޓަމައިޒްކޮށް ބޭނުންވާ ނަން ޖެހުމުގެ ފުރުޞަތު ވެސް ފަހިކޮށްދީފައެވެ.

Ads by Asuru

އެ ކުންފުނިން މިހެން ބުނެފައި ވަނީ މިއަދު ނެރުނު ނޫސް ބަޔާނެއްގައެވެ.

އުރީދޫ ފަން ރަން ބިބް ގައި ނަން ޖަހާނީ ރެޖިސްޓަރ ކޮށްލުމަށް މޫލީއަށް ޒިޔާރަތްކުރުމަށް ފަހު ބޭނުންވާ ކިޓާއި ސައިޒު އިޚްތިޔާރުކޮށް ކާޓް އަށް އެޑް ކޮށްލުމަށް ފަހު، ކާޓް އިޚްތިޔާރުކޮށް ޗެކްއައުޓް ކުރާ ޑެލިވަރީ އެޑްރެސް އިޚްތިޔާރު ކޮށްގެންނެވެ.

ސްޕެޝަލް އިންސްޓްރަކްޝަން ބޮކްސްގައި ބިބްގައި ލިޔަން ބޭނުންވާ ނަން ޖެހުމަށް ފަހު އޯޑަރު ކަށަވަރު ކުރެއްވުމަށްޓަކައި ފައިސާ ދައްކަވާ ނިމުމުން ނިމުނީއެވެ. ޖަހާ ނަމުގައި އެންމެ ގިނަވެގެން އިންނަން ވާނީ 7 އަކުރެވެ.

އުރީދޫ ފަން ރަން ކިޓްތައް ދެ ކެޓަގަރީއަކަށް ބަހާލައިގެން ލިބެން ހުންނާނެއެވެ.

100 ރުފިޔާގެ ސްޓޭންޑަޑް ކިޓްތަކުގައި ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑް ހިމެނެއެވެ.

200 ރުފިޔާގެ ފަން ކިޓްތަކުގެ ތެރޭގައި ފަން ރަން ޓީޝާޓަކާއި ރިސްޓްބޭންޑާއި ފޮތި ކޮތަޅާއި ލޮލުގައި އަޅާ ގޮގްލްސް އަދި މަލްޓިޕާޕަސް ބަންޑާނާ ހިމެނެއެވެ.

އުރީދޫ ފަން ރަންގެ ހަރަކާތްތަކުގެ ތެރޭގައި 22 ޑިސެންބަރު 2023 ވާ ހުކުރު ދުވަހު ހެދުނު ހުޅުމާލޭގައި އުރީދޫ ޑްރޯން ރޭސް ބޭއްވުމަށް ހަމަޖެހިފައިވާ އިރު ހަވީރު ބާއްވާ ފަން ރަން އަށް ފަހު ރޭގަނޑު، އެހެން އަހަރުތަކެކޭ އެއްފަދައިން މަގުބޫލު ފަންނާނުންނާ އެކު ކުލަގަދަ މިއުޒިކް ޝޯއެއްވެސް ކުރިއަށްދާނެއެވެ.

ރާއްޖޭގައި ބާއްވާ އެންމެ އުފާވެރި ދުވުން – އުރީދޫ ފަން ރަން އަށް ރެޖިސްޓަރ ވުމަށް އުރީދޫ ފަން ރަން ވެބްސައިޓްއަށް ޒިޔާރަތް ކުރާށެވެ.