ރިޔާސީ ގަނޑުވަރު މަރާމާތުކޮށް ނިމެންދެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިރިއުޅުއްވާނީ، އެމަނިކުފާނުގެ އަމިއްލަ ގެކޮޅު، މ.ދިމްޔާތުގައެވެ.
މިހާރު ވެސް އެމަނިކުފާނު ދިރިއުޅުއްވަނީ އެ ގޭގައެވެ.
ރިޔާސީ ގަނޑުވަރު މުލިއާގެއަކީ، ވެރީންނަށް ޚާއްސަކުރައްވާފައިވާ ގެކޮޅެވެ. ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިޚާބުކުރާ ބޭފުޅަފު، އެބޭފުޅަކު އަމިއްލައަށް ބޭނުންވާ ތަނެއްގައި ދިރިއުޅުމުގެ އިޚްތިޔާރު އޮވެއެވެ.
ސަރުކާރުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވަނީ ރިޔާސީ ގަނޑުވަރު މަރާމާތުކޮށް ނިމެންދެން އަމިއްލަ ގެކޮޅުގައި ދިރިއުޅުއްވަންކަމަށެވެ.
އެހެންނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ ޙައިސިއްޔަތުން ކުރައްވާ މުހިންމު މަސައްކަތްޕުޅުތައް ކުރައްވަވާނީ މުލިއާގޭގައެވެ.
