މާލެ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން ތަރައްޤީ ކުރި، މާފަންނު ގަޑި ބުރު މިރޭ އިފްތިތާޙްކުރުމަށް ތައްޔާރުވެއްޖެއެވެ.

މަޢުލޫމާތުލިބޭ ގޮތުގައި މިރޭ 8:30 ގައި ގަޑިބުރު އިފްތިތާޙްކޮށްދެއްވާނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މާފަންނު އޯކިޑްމަގާއި ފަރީދީމަގު ހިމެނޭ ސަރަޙައްދުގައި ތަރައްޤީކޮށްފައިވާގަޑިބުރަކީ މާލޭގައި ގިނަ ދުވަސްތަކެއް ވަންދެން ހުރި ތަނެކެވެ. އެމަނިކުފާނަކީ މާލެ ސިޓީގެ ކުރީގެ މޭޔަރެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި ގަޑިބުރު އަލުން އިމާރާތްކޮށް ތަރައްޤީކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންސް (އާރް.ސީ.ސީ) އިންނެވެ.

މިހާރު ގަޑިބުރުގެ މަސައްކަތްތައް މުޅިންހެން ނިމި އާންމުންނަށް ފެންނާނެހެން ދައްކާލާފައިވެއެވެ.

އެންމެ ފުރަތަމަ ގަޑިބުރު ބެހެއްޓީ ރާއްޖޭގެ މިނިވަންކަމަށް 25 އަހަރު ފުރުމުގެ މުނާޞަބަތާއި ގުޅިގެން 1990 ވަނަ އަހަރުގައެވެ. އޭރު އެތަން ބިނާކުރީ ލަންކާގެ އެހީތެރިކަމުގައެވެ.