ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)ގެ ތަރުޖަމާނު ކަމުން ހީނާ ވަލީދު އިސްތިއުފާ ދެއްވައިފައިވާ ކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގުކުރައްވައިފިއެވެ.
ހީނާ މަޤާމުން އިސްތިއުފާ ދެއްވިކަމަށް އިޢުލާން ކުރީ ޕީޕީއެމްގެ ކޮމިޓީއަކުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެއީ ޕީޕީއެމްގެ ރައީސް، ޔާމީން އުފެއްދެވި ކޮމެޓީއެކެވެ.
މި ނޫސްވެރީންގެ ބައްދަލްވުމުގައި އައްބާސް އާދިލް ރިޒާ ވަނީ ތަރުޖަމާންގެ މަޤާމުން ހީނާ އިސްތިއުފާ ދެއްވާފައިވާ ކަމަށް ވިދާޅުވެފައެވެ.
މިކަމާ ގުޅިގެން ޕީޕީއެމްގެ ވަޓްސްއެޕް ގްރޫޕްގައި ސުވާލުކުރުމުން ހީނާ ވަނީ އެ ވާހަކަތައް ދޮގުކުރައްވައިފައެވެ.
ޕީޕީއެމްގެ ކޮމިޓީއަކުން ވަކިން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި މައްސަލަ ވަނީ ހޫނުވެފައެވެ. ޕީޕީއެމްއާއި ޕީއެންސީއާއި ދެމެދު ޚިޔާލުތަފާތުވުންތައް އުފެދިފައިވާއިރު، މިހާރު ހިނގަމުން އަންނަ ސަރުކާރަކީ މި ދެ ޕާޓީ ކޯލިޝަން ހަދައިގެން ގެނައި ސަރުކާރެކެވެ.

ރައީސް މުއިއްޒް ވ ވިސްނުންތެރިކަމާއިއެކު ރައީސް ޔާމީން އަތުގައި ހިއްޕަވައިގެން ޤައުމައިގެން ކުރިޔަށްވަޑައިގަތުމަށް އެދެން، ރައީސް ޔާމީން ސަރުކާރުގައި ރެހެންދިފުލެޓްގައި ބަޤާވާތް ކުރަންރޭވި އިސްމޭސްތިރިޔާ ވ ގާތުގައި އިންނެވީ،