ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، އިސްލާމީ މަރުކަޒުގެ އިސް އިމާމު ކަމަށް ދ.މީދޫ ފެހިގެ ފަޟީލަތުއްޝެއިޚް މުޙައްމަދު ލަޠީފް ޢައްޔަންކުރައްވައިފިއެވެ.

ޝެއިޚް މުޙައްމަދު ލަޠީފް މި މަގާމަށް ޢައްޔަންކުރައްވާފައި ވަނީ މިނިސްޓަރ ފެންވަރުގައެވެ.

ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ވެސް ޝެއިޚް މުޙައްމަދު ލަޠީފު ވަނީ އިސްލާމީ މަރްކަޒުގެ އިމާމުގެ މަޤާމު ފުރުއްވައިފައެވެ.