އެންމެހާ ނުބައި އަމަލުތައް ހިންގާ ސަރުކާރަކާއެކު ތިބުމަކީ ސަރުކާރަށް ވާގިވެރިވުން ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީއަށް ނިސްބަތްވާ ގިމަ ބަޔަކު އެއްޖިންސުން ގުޅުން ހިންގުމުގެ ފާހިޝް އަމަލަށް އަރައިގަންނަމުންދާއިރު، އެކަމަށް އިޝާރާތް ކުރައްވައި، ޖަމީލު ވަނީ ފާޙިޝް އެންމެހާ ނުބައި ޢަމަލުތައް ހިނގާ ސަރުކާރަކާ އެކު ތިބުމަކީ އެފަދަ ކަންމަކަށް ވާގިވެރިވުން ކަމަށާއި، ގައުމު މިހާރު އޮތް ހާލަތުގެ ސަބަބުން ހަމަމަގަށް އެޅުވުމަށްޓަކައި ހުރިހާ ސިޔާސީ ވެރިން އަތުގުޅައިލަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
އެގޮތުން ސިޔާސީ ގޮތުން ހިޔާލު ތަފާތު ވިޔަސް، މިހާރުގެ ހާލަތުން ސަލާމަތްވުމަށް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
މިއީ ގައުމީ ފިކުރުގެ ހުރިހާ ސިޔާސީ ވެރިން އަތާއަތް ގުޅާލަންޖެހޭ ވަގުތު . ކިތައްމެ ތަފާތެއް ހުރިނަމަވެސް ގައުމުގެ ޙައްގުގައި ތެދުވާންޖެހޭ. ފާޙިޝް އެންމެހާ ނުބައި ޢަމަލުތައް ހިނގާ ސަރުކާރަކާއިއެކު ތިބުމަކީ ވާގިވެރިވުން. ކަށަވަރުންވެސް އެއީ ހުއްދަކަމެއް ނޫން. https://t.co/ar9V0ZKUeX pic.twitter.com/p6mOzHDnOu
— Mohamed Jameel Ahmed (@MJameelAhmed) June 29, 2022
ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް އާންމުވިއިރު، ދިފާއީ ވަޒީރު، މާރިޔާ އަހްމަދު ދީދީގެ ދަރިކަލުން އައްފާން ސައްތާރު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއްވެސް ލީކުކޮށްލަން އުޅޭ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.

ދެދުނިޔޭގަވެސް ހެދޭނެ އެތްމެ.ބޮޑުތެދު