މިނިސްޓްރީ އޮފް އެޑިއުކޭޝަން މެދުވެރިކޮށް ބުކްޝޮޕްތަކުން ހިލޭ ދޫކުރާ ފޮތްލިސް ފަސޭހަކަމާއެކު ގޭގައި ތިބެގެން އޯޑަރުކޮށްލައި ގެއަށް ޑެލިވަރ ކޮށްލުމުގެ ފަސޭހަ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް ހޯދައިދިނުމަށް އުރީދޫ މޯލްޑިވްސް އާއި ނޮވެލްޓީ ބުކްޝޮޕުން ޕާޓްނާވެ ”ބެކް ޓު ސްކޫލް“ އޮފަރ އެއް ތައާރަފްކޮށްފިއެވެ.

Ads by Asuru

މި ޕާޓްނަރޝިޕް ގެ ދަށުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ބެލެނިވެރިންނަށް ކޮންމެތާކުން އަދި ކޮންމެވަގުތެއްގައިވެސް، މޫލީ މެދުވެރިކޮށް އޮންލައިންކޮށް ފޮތްލިސްޓް އޯޑަރކޮށްލެވި، ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ހިލޭ ޑެލިވަރކޮށްދެވޭނެއެވެ.

މި ހާއްސަ ޕްރޮމޯޝަންގެ ދަށުން މޫލީ މެދުވެރިކޮށް އޯޑަރު ކުރާ ކަސްޓަމަރުންނަށް ފޮތްލިސްޓްގެ އިތުރުން ބެކްޕެކް، ސްޓިކާ ޕެކް، ސެލޯފޭން އަދި ނޭމް ޓެގް ހިމެނޭ ހާއްސަ ގިފްޓް ޕެކެއް ލިބިގެންދާނެއެވެ.

މޫލީ މެދުވެރިކޮށް ފޮތްލިސްޓް ބައްލަވައިގަތުމަށް މޫލީ ވެބްސައިޓްގެ ބުކްސް އެންޑް ސްޓޭޝަނަރީ ކެޓަގަރީގެ ދަށުން ސްކޫލަށް ބޭނުންވާ ސާމާނު ފެނިވަޑައިގަންނަވާނެއެވެ.

ޗެކް-އައުޓް ކުރާއިރު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދޭ ވައުޗަރ ކޯޑާއި ސްޓޫޑެންޓް އައިޑީ ކާޑު ނަމްބަރު ސްޕެޝަލް އިންސްޓްރަކްޝަންސް ގޮޅީގައި ޖަހާލަންޖެހޭނެއެވެ. އޯޑަރުކުރާ ތަކެތި ޑެލިވަރ ކުރުމުން، އެފޮތްލިސްޓް އޯޑަރުކުރުމަށް ބޭނުންކޮށްފައިވާ ވައުޗަރު، ޑެލިވަރ ކުރާ ފަރާތާ ހަވާލުކޮށްލަންޖެހޭނެއެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހިލޭ ފޯރުކޮށްދޭ ފޮތްލިސްޓާއި ސްޓޭޝަނަރީގެ އިތުރުން، އިތުރު ސްޓޭޝަނަރީ ބޭނުންފުޅުވާ ބެލެނިވެރިންނަށް ގޯލްޑް ނުވަތަ ޕްލެޓިނަމް ޕެކޭޖަށް އޯޑަރު އަޕްގްރޭޑް ކުރެވޭނެއެވެ. މިޕެކޭޖުތަކުގައި ފޮތްލިސްޓްގެ އިތުރުން މެޕްޑް ކަލަރ ޕެޕްސް ވޯޓަރކަލަރ މެޓަލް ސެޓް 24 ކުލަ، ފެބަރ-ކަސްޓެލް ވޯޓަ ކަލާ ޓިއުބް، ކެމަލް އާޓިސްޓް އޮއިލް، ސްޓެޓެޑްލަރ އެރްގޯސޮފްޓް ކަލަރ ޕެންސިލް ފަދަ ޕްރިމިއަމް ބްރޭންޑްތަކުގެ ޕްރިމިއަމް ސްޓޭޝަނަރީތައް ހިމެނެއެވެ.