ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް) އޮތީ ރައީީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އާއި އެކުގައި ކަމަށް އެ ޕާޓީގެ އެއް ނައިބު ރައީސް މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ޑިފެންސް މިނިސްޓަރު ޣައްސާން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީޕީއެމް އޮތީ ސަރުކާރުގެ ހިމާޔަތުގައި އަތާއިއަތް ގުޅާލައި ތިއްބެވީ ރައީސް ޑރ. މުޢިއްޒާ އެކީގައި ކުރިއަށް ދާން ކަމަށެވެ. އޭނާ ވަނީ ޤައުމަށް ހެޔޮ އެދޭ އެންމެހައި ދިވެހިން ރައީސް މުޢިއްޒާ އެކީ ކުރިއަށް ދިއުމަށް ވެސް ގޮވާލައްވައިފައެވެ.
”މިތިބީ ސަފުތަކުގައި ކެރުމާއި އިޙުލާސްތެރިކަމާއި އެކި ސާބިތުވެ ހުރެ، ޤައުމަށް ހެޔޮ އެދޭ އެންމެހާ ލޮބުވެތި ރައްޔިތުން ދިވެހިނަށް ރައީސް މުޢިއްޒު އާއި އެއްކޮށް ކުރިއަށް ވަޑައިގަތުމަށް ގޮވާލަން.“ ރައީީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ޣައްސާން ވިދާޅުވިއެވެ.
ޣައްސާން މިހެން ވިދާޅުވީއިރު، ޕީޕީއެމްގެ ރައީސް، ރައީސް ޔާމީން ވަނީ އެ ޕާޓީން ވަކިވެވަޑައިގެންފައެވެ. އެމަނިކުފާނުގެ ޓީމުން މިހާރު މަސައްކަތް ކުރަން ޕާޓީ އުފެއްދުމުގެ ހުއްދަ އަށް އެދި މާދަމާ އިލެކްޝަން ކޮމިޝަން (އީސީ) އަށް ހުށަހެޅުމަށެވެ.
ޕީޕީއެމް ދޫކޮށްލައްވަން ރައީސް ޔާމީން ނިންމެވި އިރު، އެއީ ރާއްޖޭގައި ދެވަނަ އަށް އެންމެ ބޮޑު ޕާޓީއެވެ.

ގައްސާނުއެކަނި ހުންނާނި އަހަރަމެން ނުތިބޭނަންއދިއަހަރަމެންނުދާންއަދުރޭފަހަތަކުންތިތިބީއަމިއްލައރދުމުންފޯވެއެފާއރގޭތޯ