އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ރޯދަ މަހަށް ފަހު ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން ފާސްކޮށްފިއެވެ.
މި މައްސަލަ އެ ކޮމެޓީއަށް ހުށަހެޅީ އިލެކްޝަން ކޮމިޝަން(އީސީ)ގެ ފަރާތުންނެވެ.
މިހާރު ޤާނޫނު އޮތް ގޮތުން ރޯދަ މަހާ ދިމާކޮށް އިންތިޚާބު ބާއްވަން ޖެހޭތީ އިންތިހާބުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމާއި އިދާރީ ބައެއް ކަންކަން ހަމަޖެއްސުމަށް ދަތިތަކެއް ހުރުމާ ގުޅިގެން އެކަމަށް ޙައްލެއް ހޯދުމަށް އީސީއަށް މިމައްސަލަ ހުށަހެޅިއެވެ.
މައްސަލަ ހައްލުކުރަން އީސީ އިން ކޮމިޓީއަށް ހުށަހަޅާފައިވަނީ ކެމްޕޭން ކުރަން ކެންޑިޑޭޓުންނަށް ލިބޭ 30 ދުވަހުގެ މުއްދަތު 20 ދުވަހަށް ކުރުކުރުމަށް ނުވަތަ ޤާނޫނުގައިވާ 120 ދުވަހުގެ މުއްދަތު 140 ދުވަހަށް އިތުރު ކޮށްގެން އިންތިހާބުގެ މަސައްކަތް އަވަހަށް ފެށޭނެ އިންތިޒާމެއް ހަމަޖެއްސުމަށެވެ.
އެ މައްސަލައިގެ ގޮތެއް ނިންމުމަށް މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި މެންބަރުން އިއްތިފާގުވީ، ރޯދަމަހުގެ ކުރިން އިންތިޚާބު ބޭއްވުމުގެ ބަދަލުގައި ރޯދަމަހަށް ފަހު ބޭއްވުމަށެވެ.
