ގިނަ ދުވަސްތަކަކަށްފަހު ތުއްތު ކުއްޖަކަށް ކޮވިޑް-19 ބަލި ޖެހި، އެ ބައްޔާއިމެދު ސަމާލުވުމަށް ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރު، އަޙްމަދު ފައިޞަލް އިލްތިމާސް ކުރައްވައިފިއެވެ.
ކޮވިޑް-19 ޖެހިފައިވަނީ ބޭރުން އައި މީހެއްގެ ފަރާތުން ކަމަށާއި އެކަމަށް ސަމާލުވުމަށް އެކްސްގައި ކުރެއްވި ޕޯސްޓް އެއްގައި ފައިޞަލް ވިދާޅުވިއެވެ.
ވަރަށްދުވަސްކޮޅެއް ކޮށްލާފައި ކޮވިޑުޖެހިގެން 👶 ބާއްވަންޖެހިއްޖެ.
ބޭރުން އައި މީހެއްގެ ފަރާތުން ކަމަށްވަނީ.
ސަމާލުވެލައްވާތި.
😷🙌🧼 pic.twitter.com/3cQKeOPqKx— Ahmed Faisal (@Faisalnaifaru) November 26, 2023
ކޮވިޑް-19 ބަލި ފެތުރުން މިހާރު ކޮންޓްރޯލް ކުރެވިފައިވީ ނަމަވެސް، މި ބަލީގައި ރާއްޖެއިން 315 މީހަކު ނިޔާވިއެވެ.
މި ބަލީގެ އަސަރު ބޮޑަށް ކުރަނީ އުމުރުން ދުވަސްވީ މީހުންނަށެވެ. ރާއްޖޭގައި ވެސް، މި ބަލީގައި ނިޔާވި ގިނަ މީހުންނަކީ އުމުރުން ދުވަސްވީ މީހުންނެވެ.
