ފުލުހުންގެ ހިދުމަތާ އަލަށް ގުޅުނު 111 މީހަކު ފުލުހުންގެ ހުވާކޮށްފިއެވެ.

އިސްކަންދަރު ބިލްޑިންގުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ފުލުހުންނަށް ހުވާލައި ދެއްވީ ހައިކޯޓުގެ ފަނޑިޔާރު ޢަލްއުސްތާޒު މުޙައްމަދު ފައިސަލެވެ.

އަލަށް ހުވާކުރި 111 ފުލުހުންގެ ތެރޭގައި އަންހެން 45 ފުލުހުންނާއި ފިރިހެން 42 ފުލުހުންގެ އިތުރުން ސްޕެޝަލް ކޮންޓަބިއުލަރީ އަންހެން 11 ފުލުހުންނާއި ފިރިހެން 13 ފުލުހުންނެވެ.

އެ ފުލުހުން ހުވާކުރުމަށް ފަހު ފުލުހުންގެ ހުވާގެ ލިޔުމުގައި ސޮއި ވެސް ކުރިއެވެ.

ހުވާގެ ރަސްމިއްޔާތުގައި، ހެޑް އޮފް ހިއުމަން ރިސޯސް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ހަނީފާއ ހެޑް އޮފް ރެކްރޫޓުމަންޓް އެންޑް ޑިޕްލޯއިމަންޓް ޔުނިޓް، ޗީފް އިންސްޕެކްޓަ އޮފް ޕޮލިސް ހުސައިން ޝަރީފް ބައިވެރިވެވަވަޑައިގެންނެވިއެވެ.