ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަޙުމަދު މުބީން އައްޔަނު ކުރައްވަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނަން ފޮނުއްވައިފިއެވެ.
މުބީން އަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ބިލެތްދޫ ދާއިރާ ތަމްސީލު ކުރެއްވި މެމްބަރެކެވެ. ނަމަވެސް އޭނާ ފަހުން ވަނީ އޭރު ސަރުކާރު ހިންގަމުން އައި ޕާޓީ، ޕީޕީއެމާއި ގުޅިވަޑައިގެންފައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އެ ކުންފުނީގެ އިތުރުން ވެސް، ހަ ކުންފުންޏެއްގެ އިސްވެރިންނަށް ބޭފުޅުން އައްޔަންކުރައްވަން ނަންތައް ވަނީ ފޮނުއްވައިފައެވެ.
ދައުލަތުގެ މީިޑިއާ، ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް: ޒީނާ ޒާހިރު
ޒީނާ އަކީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްބީސީ)ގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ސީއީއޯގެ މަގާމަށް: ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު.
ހީނާ ވަނީ ރައީީސް ޔާމީންގެ ވެރިކަމުގައި ފޮރިން މިނިސްޓްރީގައި މަސައްކަތް ކުރައްވައިފައެވެ.
އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމަށް: ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ)
އަރބަންކޯގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް: ޕީއެންސީގެ ޕީޖީ ލީޑަރު އަދި ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަޒުލް ރަޝީދު
ރައީީސް ޔާމީންގެ ވެރިކަމުގައި އޭނާ ވަނީ އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމު އަދާކުރައްވާފައެވެ.
ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް: ޕީޕީއެމްގެ ސެނެޓް މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ މެމްބަރު މުއާޒު މުޙައްމަދު ރަޝީދު.
އެމްއޭސީއެލްގެ އެމްޑީގެ މަޤާމަށް: މޯލްޑިވްސް ކަސްޓަމްސް ސަރވިސަސްގެ ކުރީގެ ކޮމިޝަނަރ ޖެނެރަލް އިބްރާހިމް ޝަރީފް ވަނީ އައްޔަންކުރައްވައިފައެވެ.
