ޕީޕީއެމް/ޕީއެންސީގެ ކޯލިޝަންގެ ލީޑަރުގެ ގޮތުގައި ކުރިން ހުންނެވި، ރައީސް ޔާމީން ޢަބްދުލްޤައްޔޫމް އަލަށް އުފައްދަވާ ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރަންޓް(ޕީއެންއެފް)އަށް މެމްބަރުން ހޯދުމުގެ މަސައްކަތް ފައްޓަވައިފިއެވެ.

ޕީއެންއެފަށް ވަންނަން ބޭނުންވާ މެންބަރުންގެ ފޯމް ފުރުން ކުރިއަށް ގެންދަނީ ޕީޕީއެމްގެ އޮފީސް ކުރީން ހިންގި ހ. ހުރަފާގައެވެ.

އެ އިމާރާތް ޕީޕީއެމަށް ކުރިން ދީފައި ވަނީ ރައީސް ޔާމީންގެ އެދިވަޑައިގަތުމަށް ކަމަށް މަޢުލޫމާތު ލިބެއެވެ.

ޕީއެންއެފަށް ވަންނަ މެންބަރުންގެ ފޯމްތައް ފުރުމުގެ މަސައްކަތް ފެށިގެންދާއިރު، އެ އޮފީހަށް ރައީީސް ޔާމީން ވެސް ވަޑައިގެންފައިވެއެވެ.

އެމަނިކުފާނުގެ އަރިހުގައި ކުރީގެ ނާއިބު ރައީސް ޑރ.މުޙައްމަދު ޖަމީލު ވެސް ހުންނެވިއެވެ. ޕީއެންއެފް އުފައްދަނީ ރައީސް ޔާމީންގެ ދަރިކަލުން ޒޭންގެ ނަމުގައެވެ.