ޔަހޫދީ އިޒްރޭލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކުގައި ފަލަސްތީނުގައި ހާލުގައި ތިބި މީހުންނަށް އެހީވުމަށް ތާޖުއްދީން ސްކޫލުން ފަންޑު ފޮއްޓެއް ބަހައްޓައި، ގިނަ އަދަދެއްގެ ފައިސާ ހަދިޔާ ކޮށްފިއެވެ.
އެގޮތުން އެ ސްކޫލުން ވަނީ 50،000 ރުފިޔާ ފަލަސްތީނަށް ހަދިޔާާކޮށްފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ތާޖުއްދީން ސްކޫލުގައި ބެހެއްޓި މި ފަންޑު ފޮށި ހުޅުވީ ދެ ހަފްތާގެ މުއްދަތަކަށެވެ.
މި ފަންޑަށް ލިބުނު ފައިސާ މިހާރު ވަނީ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އާ ވެސް ހަވާލުކޮށްފައެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު އިޒްރޭލުގެ އަނިޔާވެރިން ފަލަސްޠީނަށް ދޭން ފެށި ހަަމަލާތަކުގައި 14,000 ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައި ވާއިރު، 36,000 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްކޮށްލާފައެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، މި ހަނގުރާމައިގައި ޝަހީދުވި 67 އިންސައްތަ އަކީ އަންހެނުންނާއި ކުޑަކުދިންނެވެ. އެގޮތުން 5000 ކުޑަކުދިން ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.
