ޕީޕީއެމް/ޕީއެންސީގެ ކޯލިޝަނުގެ ކުރީގެ ލީޑަރު، ރައީީސް ޔާމީން ޢަބްދުލްޤައްޔޫމަށް ހެޔޮ އެދިވަޑައިގަންނަވާ ބޭފުޅުން ތިއްބެވީ އެ ކޯލިޝަނުގައި ކަމަށާއި، އެ ބޭފުޅުންގެ ތެރެއިން ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަކީ ލާމަސީލު މިސާލެއް ކަމަށް ނައިބު ރައީީސް ޙުސައިން މުޙައްމަދު ލަޠީފު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އޮންލައިން ނޫސް ”މިހާރު“އަށް ދެއްވި ބަސްދީގަތުމެއްގައެވެ. އެ ވީޑިއޯ ބަސްދީގަތުމުގައި، ނައިބު ރައީސް ވިދާޅުވި ގޮތުގައި، އައު ސިޔާސީ ޕާޓީއެއް އުފައްދަވަން ރައީސް ޔާމީނުގެ އަރިހުގައި މިހާރު ހުންނެވި، އެމަނިކުފާނުގެ އިސް ވަކީލު، ޑރ.މުޙައްމަދު ޖަމީލު އަޙުމަދު ވަނީ ރައީީސް ޔާމީންގެ ވެރިކަމާއި ދެކޮޅަށް މަސައްކަތް ކުރައްވައި، 2018 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިންގެ ދުވަސްވަރު ވެސް، ރައީސް ޔާމީނާއި ދެކޮޅަށް އެތައް މަސައްކަތްތަކެއް ކުރައްވައިފައެވެ.
ނައިބު ރައީސް ޙުސައިން ވިދާޅުވި ގޮތުގައި، ރައީސް ޔާމީނަށް އިޙްލާސްތެރިވާނެ ބޭފުޅުން އަދިވެސް ތިއްބެވީ ޕީޕީއެމް/ޕީއެންސީގައެވެ.
”ރައީީީސް ޔާމީނަށް ހެޔޮ އެދިގެން ނުކުންނާނެ ފަރާތްތައް، ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕްގަ އެ ތިއްބެވީ. އޭގެތެރެއިން، އަޅުގަނޑު މި ދަންނަވަނީ ހަމަ، ޑރ.މުޢިއްޒު އަކީ ލާމަސީލު މިސާލެއް.“
އެމަނިކުފާނު ވިދާޅުވީ، ރައީީސް ޔާމީންގެ ރިޔާސީ ޓިކެޓަށް ހުރަސް އަޅުއްވަން އުޅުއްވާކަމުގެ ތުހުމަތުގައި ރައީީސް މުޢިއްޒުއާއި ދެކޮޅަށް ބޮޑު ތަޙުޤީޤެއް ހިންގެވި ކަމަށާއި، އެކަމަށް ވެސް އެމަނިކުފާނު އެއްބާރުލުން ދެއްވަވައި، އެންގެވި ގޮތަށް ޢަމަލު ކުރެއްވި ކަމަށެވެ.
”ހަމަ ވިދާޅުވާ ކޮންމެ ގަޑިއަކަށް، ތަޙުޤީޤު ހިންގި ފަރާތާއި ހަމައަށް ހާޒިރުވެ، ޖަވާބުދާރީ ވެފައި ހުންނެވީ. އެހެންވީމަ، އަޅުގަނޑަށް ފެނުނު އެ ހުރިހައި މަންޒަރެއް ލޮލުން، އެންމެ ކައިރިން.“ ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވީ އެ ތަޙުޤީޤުތަކަށް ހާޒިރުނުވުމަށް އެމަނިކުފާނު ރައީސް މުޢިއްޒު އަށް ދެންނެވި ކަމަށާއި، އެއީ އިޙްލާާސްތެރި ބޭފުޅަކާއި ދޭތެރޭގައި އެގޮތަށް ޢަމަލު ކުރެއްވުމަކީ ޤަބޫލު ކުރެއްވޭ ކަމަކަށް ނުވާތީ ކަމަށެވެ.
ރައީސް ޔާމީނަށް އަދި ވެސް ވަރަށް އިޙްތިރާމް ކުރައްވާ ކަމަށް ވެސް ނައިބު ރައީސް ޙުސައިންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ތީތެދުނަމަ ޔާމީނުހުރީހީ އެކީމިނިވަންވެފަ.މިހާރުފެންނަގޮތުން ޔާމީނު ދަންނަމީހަކަންވެސް ނުވެ ދެންފެންނާނީ ސޯލިހުހެދިހެންއަނެއްކާވެސް ދެވަނަދައުރެންގެމަގުސަދުގާ ޖަލައްލާތަށް ވާހަކައަކާއަމަލަކާދިމައެންނުވެ ސޯލިހވެރިކަމަޒްއަރާފަފުރަތަމައިސްކުރީނަސީދުލާމަތްކުރުރުންސޯލިހުހޭހސންތަކެއްކޮންދިނުމަޒްފަހުތާހސަދަވެސްވީ މިވެރިކަމުގަ ހުވާވެސްނުކުރެ ބާކީކޮންހަސަދަވީއިރު