ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދެމީހަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

މިކަމާއި ގުޅޭގޮތުން ފުލުހުން ބުނީ ހުޅުމާލެ މިދިލިމަގުގައި ކާރަކާއި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް މިއަދު 12:09 ގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި ދެ ސައިކަލު ދުއްވި ދެ މީހުންނަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

ފުލުހުން މައުލޫމާތުދޭ ގޮތުގައި، މި އެކްސިޑެންޓްގައި ހިމެނޭ އުޅަނދުތައް ދުއްވާފައިވަނީ އެ ކެޓަގަރީގެ އުޅަނދުތައް ދުއްވުމުގެ ލައިސެންސް އޮންނަ މީހުން ކަމަށެވެ. އަދި މި އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ބުނެފައިވެއެވެ.