”އެމިޑަން ސަސްޕެންޝަން“ ނަމަކަށް ކިޔާ ހޮޑު ބޭހެއް ރާއްޖެއަށް އެތެރެކުރުން މަނާކޮށްފިއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވިދާޅުވީ، ”އެމިޑަން ސަސްޕެންޝަން“ ނަމަކަށް ކިޔާ ބޭސް އެތެރެކޮށް ވިއްކުން ވެސް މަނާކުރީ، އެބޭހުން ނުރައްކާތެރި ކެމިކަލްގެ މާއްދާތަކެއް ފެނިފައިވާތީކަމަށެވެ.
އެ ބޭހުގައި ޑައިއީތައިލިން ގްލަައިކޯލް އަދި އިތައިލީން ގްލައިކޯލް ނަމަކަށް ކިޔާ ނުރައްކާތެރި ކެމިކަލެއް ހިމެނެއެވެ.
މިކަން ޕާކިސްތާނުގެ ބޭސް ރެގިއުލޭޓްކުރާ އޮތޯރިޓީން އެމްއެފްޑީއޭއަށް ވަނީ އަންގައިފައެވެ.
އެހެންކަމުން، މި ބޭސް ރާއްޖެ އެތެރެކޮށް ވިއްކާ ފަރާތްތަކުން ބޭސް ނައްތާލުމަށް ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ބޭސް ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އެމްއެފްޑީއޭއިން ވަނީ އަންގަވައިފައެވެ.
