ހއ. އިހަވަންދިއްފޮޅާއި ލ. އަތޮޅުގައި ވިޔަފާރި ބަނދަރު ހެދުމުގެ މަސައްކަތް މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފައްޓަވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

Ads by Asuru

މިނިސްޓަރު މިކަން ހާމަކުރައްވައިފައި ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ސައީދު ދާޅުވީ، ލ. ގާދޫ ކައިރީގައި ކޮމާޝަލް ޕޯޓާއި ލޮޖިސްޓިކްސް ހިމެނޭ ގޮތަށް އިހަވަންދިއްޕޮޅުގެ އިންޓަގްރޭޓެޑް ޑިވެލޮޕްމެންޓް ޕްރޮޖެކްޓް ކޮމާޝަލް ޕޯޓުގެ މަސައްކަތް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށެވެ.

އައު ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ގާދޫގައި ވިޔަފާރި ބަނދަރެއް އަޅަން ފަށަނީ ބަންކަރިން ޚިދުމަތާ އެކުއެވެ. އެ ބަނދަރު އެޅުމަށް ފަހު ގާދޫ އާއި ފޮނަދުއާ ދެމެދު ރިސޯޓެއް އަޅަން ވެސް ރައީސް މުޢިއްޒު ވަނީ ކެމްޕެއިން ތެރޭގައި ވައުދުވެވަޑައިގެންފައެވެ.