ކަނޑު ދަތުރުފަތުރުކިރުމުގައި ސަމާލުވާން އެމްޑީއެފް ކޯސްޓްގާޑުން އިލްތިމާސްކޮށްފިއެވެ.

Ads by Asuru

އެމްއެންޑީއެފްއިން ބުނީ ކުރިއޮތް ތިން ދުވަހު ވެެސް ވިއްސާރަކޮށް، ގުގުރާ، ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ ޤަޢުމީ އިދާރާއިން ވަނީ ލަފާކޮށްފައިވާ ކަމަށެވެ.

މި ދުވަސްވަރަކީ ސްކޫލު ބޮޑު ޗުއްޓީގެ ދުވަސްވަރަށްވެފައި ގިނަ ބަޔަކު ކަނޑުމަގުން ދަތުރުކުރާނެކަމަށް ލަފާކުރެވޭތީވެ، މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އެދިފައިވެއެވެ.

ކޯސްޓް ގާޑުން ބުނީ އޮޑިވެރިންނާއި، ކެޕްޓަނުން އަދި ފަޅުވެރިންނާއި ދަތުރުތަކުގައި ބައިވެރިވާ ޢާއިލާތަކާއި ރަހްމަތްތެރިން ވެސް ދަތުރު ކުރެވެނީ ސަލާމަތާއި ރައްކާތެރި އުޅަނދެއްގައިކަން ޔަޤީން ކުރުމަށް ފަހު ކަނޑުމައްޗަށް އެރުއްވުމަށް އިރުޝާދު ދޭ ކަމަށެވެ.

އަދި ދަތުރު ކުރާ އިރު އެއްވެސް ކަމެއް ދިމާވެއްޖެ ނަމަ، ލަސްނުކޮށް ކޯސްޓް ގާޑްގެ ލޭ ގުޅޭ ނަންބަރު 191 އަށް ގުޅަން އެދިފައިވެއެވެ.

ކޯސްޓް ގާޑުން ބުނީ ކަނޑުމަތީގެ އުޅަނދުފަހަރުގެ ސަލާމަތީ ކަންކަން ބަލަމުން ގެންދާނެ ކަމަށެވެ.