އާބަންކޯގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް އިބްރާހީމް ފަޒުލް ރަޝީދު މިއަދު އައްޔަނު ކުރައްވައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އެ މަޤާމަށް ފަޒުލް އައްޔަނު ކުރެއްވުމާއި ގުޅިގެން، އާބަންކޯ އަށް މިއަދު ވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ސިޓީ ލިބިފައެވެ.
މި ހިނގާ ރައްޔިތުންގެ މަޖިލީހުގައި ފެލިދޫ ދާއިރާ ތަމްސީލު ކުރައްވަމުން ގެންދެވި ފަޒުލް ވަނީ، ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމު ފުރުއްވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުންފުނިތަކަށް ވެރިން އައްޔަނު ކުރެއްވުމުގެ މަސައްކަތް ފައްޓަވައިފައިވާއިރު، ކުރިން އެކަން ނުކުރެވި އޮތީ، ޕީސީބީގެ ބޯޑު މެމްބަރުން ހަމަނުވެ އޮތުމާ ގުޅިގެންނެވެ.
ނަމަވެސް, ރައީސް ޑރ.މުޢިއްޒު ވަނީ އެ ބޯޑަށް މިހާރު މެމްބަރުން އައްޔަނުކުރައްވައިފައެވެ.
އައު ސަރުކާރުގެ މައިގަނޑު ބައެއް ކުންފުނިތަކުގެ އެމްޑީން
1.ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ހަމްދާން ޝަކީލް
2.އައިލެންޑް އޭވިއޭޝަން – އިބްރާހިމް އިލްޔާސް
3.އެންސްޕާ – ހީނާ ވަލީދު
4.އެމްއޭސީއެލް – އިބްރާހިމް ޝަރީފް
5.އާރުޑީސީ – އަލީ ޒުހައިރު
6.އެފްއެސްއެމް – އިސްމާއިލް ސުހައިލް
7.އެސްޓީއޯ – ޑރ. ސިމާދު ސައީދު
8.އާރްއޭސީއެލް – އަޙުމަދު މުބީން (ބިލެތްދޫ ދާއިރާގެ ކުރީގެ މެންބަރު)
9.އެމްޕީއެލް – މުހައްމަދު ވަޖީހު އިބްރާހިމް
10.އެމްއެމްޕީއާރްސީ – އައިމިނަތު ސޫޒަން
11.މިފްކޯ – ސަމާހު ރަޝީދު
12.ވެމްކޯ – މުޖުތަބާ ޖަލީލް
13.ޓްރޭޑްނެޓް މޯލްޑިވްސް ކޮމްޕެނީ ލިމިޓެޑް (ޓީއެމްސީއެލް) – ސައީދާ އުމަރު
14.އާސަންދަ – އާމިނަތު ޒީނިޔާ
15.އެމްޑަބްލިޔުއެސްސީ – ޢަބްދުލް މަތީން މުޙައްމަދު
Warmest congratulations to our new Managing Director, Ibrahim Fazul Rasheed. We look forward to working under your insightful guidance. pic.twitter.com/cGrb5mTg79
— Housing Development Corporation (@hdcmaldives) November 28, 2023
ރައީސް މުޢިއްޒު ވަނީ، އެމަނިކުފާނުގެ ސަރުކާރުގެ މަތި ފަޑީގައި ތިއްބަވާނީ ތަޢުލީމީ، ޤާބިލު ބޭފުޅުން ކަމަށް ވިދާޅުވެފައެވެ.
