ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރަކަށް އެ ކުންފުންޏަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކޮށްދެއްވި، ހުސެއިން ފަހުމީ އައްޔަނު ކުރައްވައިފިއެވެ.

އެ މަޤާމަށް ފަހުމީ އައްޔަނު ކުރެއްވީ މިއަދުއެވެ. ފަހުމީ ވަނީ އެ ދެއްވި މަގާމަށްޓަކައި ރައީސް ޑރ.މުޢިއްޒުއަށް ޝުކުރުއަދާކުރައްވާފައެވެ. އޭނާ ވިދާޅުވީ އެ މަޤާމު އެންމެ ފުރިހަމައަށް އަދާ ކުރުމުގައި ދެމިހުންނަވާނެ ކަމަށެވެ.

ފަހުމީ ސްޓެލްކޯއާއި ގުޅިވަޑައިގެންނެވީ 1998 ވަނަ އަހަރު ޓްރޭނިން އޮފިސަރަކަށެވެ.

ފަހުމީ އަކީ ސްކޮޓްލެންޑުން ތަޢުލީމު ޙާސިލު ކުރެއްވި ބޭފުޅެކެވެ.