އިސްލާމިކް މިނިސްޓަރުގެ ނައިބަކަށް އަންހެން ބޭފުޅަކު އައްޔަންކޮށްފިއެވެ.
އެ މަޤާމަށް އައްޔަނު ކުރެއްވީ، އިސްލާމިކް ޔުނިވަސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރަކަށް ކުރިން ހުންނެވި ހައްވާ ލަޠީފެވެ.
ޙައްވާ އަކީ މިސްރުގެ އަލް އަޒުހަރު ޔުނިވަސިޓީން ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
އިސްލާމިކް މިނިސްޓަރުގެ ނައިބަކަށް ހައްވަ އައްޔަން ކުރުމާ ގުޅިގެން މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ޝުކުރު އަދާކުރައްވައިފައެވެ.
”އުސްތާޛާ ޙައްވާ ލަޠީފަކީ އަލް އަޒުހަރު ޔުނިވަރސިޓީއިން ތައުލީމު ޙާޞިލްކުރެެއްވި ބޭފުޅެއް. ކުރިން ހުންނެވީ އިސްލާމީ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރއަށް.“ އެމަނިކުފާނު ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓަރުގެ ނައިބަކަށް އިއްޔެ ވަނީ އަހުސަން ޢަލީ ވެސް އައްޔަންކޮށްފައެވެ. އަދި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މުޙައްމަދު ޝުޖާޢު ޢަބްދުލްޙަކީމް ވެސް އައްޔަންކޮށްފައިވެއެވެ.
