މާވެޔޮ މިސްކިތް ކައިރީގައި މަގުމައްޗަށްވާ ގޮތަށް ބަހައްޓާފައި ހުންނަ ސްޓެލްކޯގެ ޓްރާންސްފޯމަރު އެ ތަނުން ނެގުމުގެ މަސައްކަތް މިއަދު ފައްޓަވާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.
މެނޭޖިންގ ޑިރެކްޓަރުގެ މަގާމާއި ރަސްމީކޮށް ހަވާލުވެވަޑައިގެންނެވިތާ ގަޑިއެއްހާއިރުތެރޭ ހުސައިން ފަހުމީ ވަނީ މާވެޔޮ މިސްކިތް ކައިރީގައި މަގުމައްޗަށް ވާގޮތަށް ބަހައްޓާފައިވާ އެކުންފުނީގެ ޓްރާންސްފޯމަރު ހުންނަ ސަރަހައްދަށް ވަޑައިގެން އެތަން ބައްލަވައިލައްވައިފައެވެ. އެހައި އަވަހަށް ފަހުމީ މަސައްކަތް ފެއްޓެވިކަން ފާހަގަކޮށް، ގިނަ ބަޔަކު އަންނަނީ އޭނާއަށް ތަޢުރީފު ކުރަމުންނެވެ.
އެ ޓްރާންސްފޯމަރަކީ އެ ސަރަހައްދާއި، އެމަގު ބޭނުން ކުރާ ރައްޔިތުންނަށް ތަކުލީފަކަށްވެފައިވާ ޓްރާންސްފޯމަރެކެވެ.
ފަހުމީ ވިދާޅުވީ، އެ ޓްރާންފޯމަރު ނެގުމުގެ އަމަލީ މަސައްކަތް ފައްޓަވައި، މި އަހަރު ނިމުމުގެ ކުރިން މަގުމަތިން އެ ޓްރާންސްފޯމަރު ނަގާނެ ކަމަށެވެ.

ހެހެހެހެހެ
ހަމައެގޮތައް ސްޓެލްކޯއިންބަހައްޓާފައިވާ ޕަންޕްސްޓޭސަންވެސް ތާރުމަގުގައިހުރެ ބުރިޖުންފައިބާގެންއަންނަމީހުންނައްއުންދަގޫވާގޮތައްހުންނަތާމިހާރުކިތަންއަހަރުތޯސްޓެލްކޯކަމެއްވީމާ އޯކޭވެފައި މިތިބެނީނޫންތޯ އެތަނުބެމޫދުގައިވެސްތަނެއްހަދާނުނިފައި ސީޓްޕައިލްކޮއްގެންވެސްނިންމާހައިދުވަސްވެއްޖެ އަމިއްލަފަރުދެއްނަމަމިހާރުޖޫރިމަނާކޮއްގެދޮރުވިއްކާންޖެހިފައިއޮންނާނީ