އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދުގެ މަސައްކަތުގެ ފުރަތަމަ ދުވަހު، ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ޒިޔާރަތްކުރައްވައިފިއެވެ.
އާބަންކޯ އިން ބުނި ގޮތުގައި އެ ކުންފުނީގެ އެމްޑީ ފަޒުލް ވަނީ ހުޅުމާލޭ ފޭސް 2 ބީޗް ސަރަހައްދަށާއި ހިޔާ ޕާކް ސަރަހައްދަށް ޒިޔާރަތްކުރައްވައި، އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރައްވައިފައެވެ.
އަދި އެސަރައްދުގައި ވިޔަފާރި ކުރާ ފަރާތްތަކާއި ބައްދަލުކޮށް، ހުރި މައްސަލަތައް ބައްލަވައި، އެކަންކަން ހައްލުކޮށްދޭނެކަމުގެ ޔަޤީންކަން ވަނީ އަރުވައިފައެވެ.
ފަޒުލްގެ މި ޒިޔާރަތުގައި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާޢު ވެސް ބައިވެރިވެވަޑައިގަތެވެ.
— Housing Development Corporation (@hdcmaldives) November 29, 2023
އާބަންކޯގެ އައު އެމްޑީ ފަޒުލް ކުރިން ވަނީ އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމު ވެސް ފުރުއްވައިފައެވެ. އާބަންކޯއާއި ޙަވާލުވެވަޑައިގަތުމާއި ހަމައަށް އޭނާ އަކީ މަޖިލީހުގެ ފެލިދޫ ދާއިރާގެ މެމްބަރެވެ.
