އުދައިގެ ސަބަބުން ވަރަށް ބޮޑަށް ގެއްލުން ވަމުންދާ ތ.ތިމަރަފުއްޓަށް އެހީވުމުގެ ގޮތުން އެރަށުގައި ތިބި ސިފައިންގެ ޓީމު، މިރޭ އެރަށުގައި މަޑު ކުރުމަށް ނިންމައިިފިއެވެ.

Ads by Asuru

އެމްއެންޑީއެފުން މިރޭ ބުނީ ތިމަރަފުށްޓަށް އުދައެރުމާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިން ދަނީ ތ.ތިމަރަފުށީ މަގުތަކުގައި ޕަންޕު ބަހައްޓައިގެން މިއަދުން ފެށިގެން ހުއްޓުމެއްނެތި ފެން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަދި ތިމަރަފުށިން ގެއްލުން ލިބެމުންދާ ބައެއް ގޭގޭގައި ވެލިބަސްތާ ޖަހައިދީ، އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ވެސް ސިފައިން ހަރަކާތްތެރިވާއިރު، ތިމަރަފުށީގައި ހަރަކާތްތެރިވާ ސިފައިންގެ ޓީމު މިރޭ އެ ރަށުގައި މަޑުކުރުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.

އުދައެރުމާ ގުޅިގެން ބައެއް ރަށްތަކަށް ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން ވަނީ 10 ރަށަކަށް، 200 ގޯނި ފޯރުކޮށްދީފައެވެ.

މީގެ އިތުރުން، ސިފައިން ދަނީ ރަށްރަށަށް ގުޅައި އެ ރަށްތަކުގެ ހާލަތު ބަލަމުންނެވެ.