ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒުނާ އަހުމަދު ހައްޖުގެ އަޅުކަމަށް މާދަދާ ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ރައީސް އޮފީހުން ބުނީ ރައީސްގެ ދެކަނބަލުން ސައުދީ އަރަބިއްޔާ އަށް ފުރާވަޑައިގަންނަވާނީ މާދަމާ ހެނދުނު ކަމަށެވެ.

މި އަހަރު އަމީރުލްހައްޖުގެ މަގާމަށް ސަރުކާރުން ކަނޑައެޅީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އެވެ.

ރާއްޖޭން މި އަހަރު ހައްޖުގެ އަޅުކަން އަދާކުރާ މީހުންގެ މިހާރު ވަނީ ސައޫދީ އަށް ގޮސްފަ އެވެ. އެގޮތުން ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ތިން ގްރޫޕަކަށް ހައްޖުވެރިން ފުރި އިރު، ފަހު ގްރޫޕް ފުރީ ރޭގަ އެވެ. ރާއްޖެ އަށް މިހާރު ހައްޖު ކޯޓާގެ ގޮތުގައި ލިބުނީ 453 ފުރުސަތެވެ.