މިއަދު މާލޭގެ ބޮޑުތަކުރުފާނު މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި އެކަކު ނިޔާވެއްޖެ އެވެ

މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނީ މި އެކްސިޑެންޓްގެ މަައުލޫމާތު ލިބުނީ 6:09 އެހާކަންހާއިރު ކަމަށެވެ. އެކްސިޑެންޓުގައި ނިޔާވީ އަންހެނެކެވެ.

މިއަދުގެ މި ނުރައްކާތެރި އެކްސިޑެންޓުގައި ހަ މީހަކަށް އަނިޔާވެފައިވާއިރު، އެ މީހުންނަށް ހޮސްޕިޓަލްގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.

އެކްސިޑެންޓްގައި އަނިޔާވި މީހުންގެ ތެރޭގައި ކުޑަ ކުއްޖަކުވެސް ހިމެނެއެވެ. ހަަތަރު މީހުންނަކީ އެއް އާއިލާއަކަށް ނިސްބަތްވާ ބައެއް ކަމަށް މައުލޫމާތު ލިބެއެވެ.

އެކްސިޑެންޓްވި ބަހާއި ކާރެެއް ކަމަަށް ކުރީން ބެލެވުނު ނަމަވެސް ފުލުހުން  ބުނީ ފުރަތަމަ އެކްސިޑެންޓްވީ ދެ ކާރު ޖެހިގެން ކަމަށެވެ. އަދި އެއް ކާރު ކޮންޓްރޯލް ނުވެ ގޮސް ބަހުގައި ޖެހި އެކްސިޑެންޓްވީ ކަަމަށެވެ. އެ ކާރު އޮތީ ވަރަަށް ބޮޑަށް ހަލާކުވެފައެވެ. .