ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމުގެ ގޮތުން، ޓެކްސް ބޮޑު ކުރުމާ ދެކޮޅަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވައިފިއެވެ.

Ads by Asuru

އެމްޑީޕީގެ މެންބަރުން ހިމެނޭ ވަޓްސްއެޕް ގުރޫޕަކަށް ރައީސް ނަޝީދު މިއަދު ފޮނުއްވި މެސެޖުތަކެއްގައި ވިދާޅުވީ، އެމަނިކުފާނު ދެކިވަޑައިގަންނަވާ ގޮތުގައި ދަރަނި ރީސްޓްރަކްޗަރ ކޮށްފިނަމަ ޓެކްސް ބޮޑު ކުރަން ނުޖެހޭނެކަމަށެވެ.

ޓެކްސް ބޮޑު ކުރުމާ ގުޅޭގޮތުން އެމްޑީޕީއާ އެއްވެސް މަޝްވަރާއެއް ނުކުރާ ކަމަށްވެސް ވިދާޅުވިއެވެ.

ސަރުކާރުން އަޅުގަނޑުމެނާ އެއްވެސް މަޝްވަރާއެއް ނުކޮށް ޓެކްސް ބޮޑުކުރަން ނިންމެވީ. އަޅުގަނޑަކީ އެމްޑީޕީގެ ރައީސް އަދި އެމްޑީޕީގެ މަޖިލިސް މެންބަރެއް. އަޅުގަނޑަށް ސަރުކާރުން ޖައްސަވާ ހިސާބު ބަލައެއް ނުގަނެވޭ.

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ޓީޖީއެސްޓީ 12 ޕަސަންޓުން 16 ޕަސަންޓަށް، އަދި ޖީއެސްޓީ 6 ޕަސަންޓުން 8 ޕަސަންޓަށް ބޮޑުކުރަން ނިންމާފައިވާކަމަށެވެ.