ޑޯނަޓަކީ ވަރަށް ގިނަ މީހުންނަށް މީރު އެއްޓެކެވެ. ވަކިން ޚާއްސަކޮށް ކުޑަކުދީންނަށެވެ. މިއީ ގޭގައި ވެސް ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވިދާނެ އެއްޗެކެވެ. ތިރީގައި ހިމަނައިލަނީ ޑޯނަޓުގެ ރެސިޕީއެވެ.

ބޭނުންވާ ތަކެތި

1 ބިސް

65 ގުރާމް މާޖިރިންގ

10 ގުރާމް އީސްޓް

500 ގުރާމް ފުށް

65 ގުރާމް ހަކުރު

7 ގުރާމް ލޮނު

50 ގުރާމް ހިކި ކިރު

ފެން

ތެލުލާނެ ތެޔޮ

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ މާޖިރިންގ ފިޔަވާ އެހެން ހުރިހާ އެއްޗެއް އެއްކޮށްފައި މޮޑެލާށެވެ. އެއަށްފަހު މާޖިރިންގ ކޮޅު އެއްކޮށްލައި، ހުރިހައި އެއްޗެއް އެއްކުރުމަށް ފަހު ރަބަރު ކޮތަޅެއްގައި 30 މިނިޓްވަންދެން ބަންދުކޮށްފައި ބަހައްޓާށެވެ. ދެން ރޮށި ދަމާހެން 2/1 އިންޗި ހުންނަ ވަރަށް ދަމާފައި، ވަށްކޮށް ކަފާށެވެ. މިކަން ކުރަން، ޑޯނަޓް ކަފާ އެއްޗެއް ނެތް ނަމަ، ސައި ބޯން ގެންގުޅޭ މަގެއް ވެސް ބޭނުން ކުރެވިދާނެއެވެ. ޑޯނަޓްގެ މެދުގައި އިންނަ ލޯވަޅު ކަފަން ބޭނުން ކުރާނީ ފެން ފުޅިއެއްގެ މަތިގަނޑެކެވެ.

ލޯވަޅު ވެސް ކެފުމަށްފަހު، 20 ‏ވަރަކަށް މިނެޓް ބެހެއްޓުމަށް ފަހު ތެލުލާށެވެ.