ގއ. ކަނޑުހުޅުދޫގައި އުމުރުން އެންމެ ދެއަހަރުވެސް ނުފުރޭ ތުއްތު އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި އެ ކުއްޖާގެ ކާފަ އާއި މުނިކާފަ އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.
އެ ކުއްޖާގެ ކާފަ އިބްރާހިމް ދީދީ އާއި މުނިކާފަ ހަސަން ދީދީގެ މައްޗަށް އުފުލާފައި ވަނީ، އާއިލާގެ މެމްބަރެއްގެ ގޮތުގައި ހުރެ އާއިލާގެ ކުއްޖާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާއެވެ. އެ ދައުވާ ސާބިތު ވުމުން، އެ ދެމީހުންގެ މައްޗަށްވެސް ވަނީ 25 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ.
ކަނޑުހުޅުދޫ ރޭޕް ކޭސްގެ މައްސަލަ ފެންމަތިވީ 2020 ވަނަ އަހަރުއެވެ. މިއީ މުޅި ރާއްޖޭގެ ސަމާލުކަން ހުއްޓުނު މައްސަލައެވެ.
މި މައްސަލައިގައި ދައުލަތުގެ އިހުމާލު އޮތް ކަމަށް ބުނެ އެ ހާދިސާ ހިނގި ދުވަސްވަރު ގިނަ ބަޔަކު ކަންބޮޑުފުން ފާޅުކުރިއެވެ.
އަދި ބައެއް ފަރާތްތަކުން އެކަމާ ގުޅިގެން އިހުތިޖާޖު ކުރިއިރު، މި މައްސަލައާ ގުޅިގެން ފާޑުކިޔުން އަމާޒުވެފައިވަނިކޮށް، މި ސަރުކާރުގެ ފުރަތަމަ ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފު މަގާމުން އިސްތިއުފާވެސް ދެއްވިއެވެ.
