މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ބައެއް އަތޮޅުތަކަށް ހުދު ސަމާލު ނެރެފިއެވެ.

Ads by Asuru

މިދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރަމުން އަންނަ ދުވަސްވަރެކެވެ. މި ވިއްސާރަ އާއި ގުޅިގެން، މެޓުން ހުދު ސަމާލު ނެރެފައިވަނީ ށ.އަތޮޅުން ފެށިގެން ދ.އަތޮޅަށެވެ.

އެ ސަރަހައްދުތަކަށް ނެރެފައިވާ ސަމާލުގެ ވަގުތު ހަމަވާނީ މެންދަމު 1:00 އަށެވެ.

މެޓް އޮފީހުން ބުނީ އެ ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އްދި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މި ދުވަސްވަރަކީ ޗުއްޓީ ދުވަސްވަރަށް ވުމާއިއެކު، ގިނަ ބަޔަކު އަންނަނީ ދަތުރުތައް ކުރަމުންނެވެ. އެހެންކަމުން، ދަތުރު ކުރާއިރު ސަމާލުވާން މެޓުން ވަނީ އިލްތިމާސް ކޮށްފައެވެ.