ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ވެރިކަން ކުރާ ޕީއެންސީ/ޕީޕީއެމް ކޯލިޝަނަށް ސޮއިކުރަން ރިޝްވަތު ދެމުންދާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ސަރުކާރުން މިއަދު ދޮގުކޮށްފިއެވެ.

Ads by Asuru

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޝަހީބު ވިދާޅުވީ، އެ ތުހުމަތުތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

ސަރުކާރުން އިދިކޮޅު އެމްޑީޕީގެ މެމްބަރުންނަށް ރިޝްވަތު ހުށަހަޅާ ކަމަށް އަޑު ފެތުރިގެން ދިޔައީ އެ ޕާޓީގެ މެމްބަރުންތަކެއް ވެރިކަން ކުރާ ޕާޓީ، ޕީއެންސީ އަށް މިރޭ ސޮއިކުރައްވަން ނިންމަވައިފައިވާ ދަނޑިވަޅެއްގައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީގެ 15 މެންބަރަކު ޕީއެންސީ އަށް ގެންނަން ވާހަކަތަކެއް ދެކެވެމުން އަންނައިރު، މިރޭ ސޮއިކުރައްވާނީ ހަތަރު މެމްބަރެއް ކަމަށް އެނގިފައިވެއެވެ.

އެމްޑީޕީގެ މަޖިލިސް މެންބަރުން ޕީއެންސީ އަށް ސޮއިކުރައްވައި ފޯމްތައް ހަވާލުކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ، އަދި ޕީއެންސީގެ ރައީސް ޑރ.މުޙައްމަދު މުޢިއްޒުއާއެވެ. އެކަމަށްޓަކައި މިރޭ ޚާއްޞަ ޖަލްސާއެއް ބާއްވަން ޕީޕީއެމް/ޕީއެންސީން ވަނީ ނިންމައިފައެވެ.