މުޅި ރާއްޖެއަށް ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ހުދު ސަމާލު ނެރެފިއެވެ.

މޯލްޑިވްސް މީޓްރޮލޯޖިކަލް ސެންޓަރުން ބުނީ މުޅި ރާއްޖެއަށް ހުދު މި އެލާޓް ނެރެފައިވާކަމަށެވެ.

Ads by Asuru

ދަތުރުފަތުރު ކުރުމުގައި ވަރަށް ބޮޑަށް ސަމާލު ވާން ޖެހޭނެ ކަމަށާއި، ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް އެ މެޓް އޮފީހުން އިލްތިމާސް ކޮށްފައިވެއެވެ.

މެޓުން އިތުރަށް ބުނި ގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް މިއަދު ބޯކޮށް ވާރޭ ވެހޭކަމަށާއި އަދި ގުގުރުން ވެސް އެކަށީގެންވާކަމަށެވެ.

މީގެ އިތުރުން ގަޑިއަކު 40 މޭލުގެ ބާރުގައި ވައިޖެހޭކަމަށް ލަފާ ކުރެވޭނެކަމަށް މެޓުން ލަފާ ކުރެއެވެ.

މީގެ އިތުރުން ރ.އަތޮޅު، ނ.އަތޮޅު އަދި ވ.އަތޮޅަށް ވަނީ ރީނދޫ ސަލާމް ނެރެފައިއެވެ. އެ ސެންޓަރުން ބުނާ ގޮތުގައި މިއަދު މި ސަރަހައްދަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި ގުގުރާނެކަމަށެވެ. މީގެ އިތުރުން ގަޑިއަކު 45 މޭލު ބާރު މިނުގައި ވައި ޖެހޭނެކަމަށެވެ.