ޖަޕާނުގެ މެދުތެރެއަށް މިއަދު އައި ބާރުގަދަ ބިންހެލުމާ ގުޅިގެން އުފެދޭނެ ކަމަށް އިންޒާރު ދީފައިވާ ސުނާމީގެ ރާއްޖެއަށް ނުރައްކަލެއް ނެތް ކަމަށް މެޓް އޮފީހުން ހާމަކޮށްފިއެވެ.

Ads by Asuru

ޖަޕާނަށް އައީ 7.6 މެގްނިޓިއުޑްގެ ބިންހެލުމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ބިންހެލުމާއި ގުޅިގެން، އެ ޤައުމުގެ އައްސޭރިފަށަށް އެއް މީޓަރުގެ އުސް މިނުގައި ރާޅު އަރައިފައިވާއިރު، މި ބިން ހެލުމާ އެކު އުފެދޭ ސުނާމީގެ ރާޅުތައް ފަސް މީޓަރަށް އުފުލޭނެ ކަމަށް ބައެއް އިދާރާތަކުން ވަނީ މިހާރު އަންދާޒާކޮށްފައެވެ.

މެޓް އޮފީހުން އެކްސްގައި ބުނެފައި ވަނީ ޖަޕާނުގެ ހޮންޝޫ ސަރަހައްދަށް އައި ބިންހެލުމާ ގުޅިގެން ރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ.

ޖަޕާނުގެ ހުޅަނގު އައްސޭރިފަށުގެ ސަރަހައްދުތަކަށް ސުނާމީ ރާޅުތަކެއް އަރާ މަންޒަރު ފެންނަ ވީޑިއޯތައް މިހާރު ވަނީ ދައުރުވާން ފަށާފައެވެ.