އައު އަހަރު ފެށުނު ދުވަހު ޖަޕާނަށް އައި ބިންހެލުމުގައި 30 މީހުން މަރުވެއްޖެއެވެ.

Ads by Asuru

7.6 މެގްނިޓިއުޑްގެ ބާރު މިނުގައި، ޖަޕާނުގެ މެދުތެރެއަށް އައި މި ބިންހެލުމުގައި ހަތަރު ފޫޓު އުސްމިނުގެ ރާޅުތައް އަރައިފައިވެއެވެ. ބިންހެލުމާއި ގުޅިގެން މީހުން މަރުވީ، އިމާރާތްތައް ވެއްޓި، އެ އިމާރާތްތަކުގެ ދަށުވެގެންނެވެ.

ބިންހެލުން އައި އިޝިކަވާ ސަރަހައްދުން 30 މީހުން މަރުވެފައިވާކަން ކަށަވަރުވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނާއިރު، އިތުރު މީހުން މަރުވެފައި ވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް، ކަމާބެހޭ އޮފިޝަލުންނާއި ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

ބިން ހެލުމަށްފަހުގައި އަންނަ ކުދި ލޮޅުންތަކުގެ ސަބަބުން، ވެއްޓުނު އިމާރާާތްތަކުގެ ދަށުވެފައިވާ މީހުން ސަލާމަތް ކުރަން ހިންގާ އޮޕަރޭޝަނަށް ވަނީ ބުރޫ އަރައިފައެވެ.