20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާނެ ތާރީޚު މާދަމާ އިޢުލާނު ކުރަން ނިންމައިފިއެވެ.

Ads by Asuru

މަޖިލިސް އިންތިޚާބު ބާއްވާ ތާރީޚު އިޢުލާނު ކުރަން މާދަމާ ހެނދުނު 10:30 ގައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ނިންމައިފައެވެ.

އިންތިޚާބާ ގުޅޭ ތައްޔާރީތައް މިހާރު ވެސް ބާރަށް ކުރިއަށްދާ އިރު، އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު މި މަހުގެ 10 ވަނަ ދުވަހު އާންމުކުރަން ވެސް ވަނީ ނިންމައިފައެވެ.

މި ފަހަރުގެ އިންތިޚާބުގައި ޖުމްލަ 93 މެންބަރަކު އިންތިހާބުކުރާނެއެވެ. މެންބަރުންގެ އަދަދު އިތުރުވީ އަލަށް އިތުރުވި ހަ ދާއިރާއަކާ އެކީގައެވެ.