ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހެއްކާބެހޭ ބިލު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

Ads by Asuru

މި ބިލަކީ، 2022 ޖޫން 30 ވީ ބުރާސްފަތި ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ2022 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެވެ.

ހެއްކާބެހޭ ގާނޫނަކީ، މަދަނީ މައްސަލަތަކާއި ޖިނާޢީ މައްސަލަތަކުގައި ހެކިބަސް ނެގުމާއި، ހެކި ހުށަހެޅުމާއި، ހެކި ބަލައިގަތުމާއި، ހެކި ވަޒަންކުރުމުގައި ތަބާވާންޖެހޭ އުސޫލުތަކާއި، ކަމެއް ސާބިތުކުރުމަށް ހެކި ބޭނުންވާ ނިސްބަތާއި އެނޫންވެސް ހެއްކާބެހޭ އާންމު އުސޫލުތައް ކަނޑައެޅުމުގެ ގާނޫނެވެ.

މި ގާނޫނުގެ މަގްސަދުތަކުގެ ތެރޭގައި، ގާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އިންސާފުން ޝަރީއަތްކުރެވުމުގެ ހައްގު އެގޮތުގައި ކަށަވަރުކޮށްދިނުމަށް ބޭނުންވާ އަސާސީ އެއް އުސޫލު ކަމުގައިވާ ހެކީގެ އުސޫލު ތަފްސީލުކޮށް ގާނޫނުގައި ބަޔާންކޮށް، ކަނޑައަޅައިދިނުން ހިމެނެއެވެ.

މި ބިލު ރައީސް މިއަދު ތަސްދީގުކުރެއްވުމާއި ގުޅިގެން ހެއްކާބެހޭ ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެެޒެޓުގައި ޝާއިއުކޮށްފައެވެ.

ރައީސް މިބިލު ތަސްދީގު ކުރައްވާފައިވާއިރު، މިކަމާ ދެކޮޅަށް ގިނަ ނޫސްވެރިން އިހްތިޖާޖުކޮށް، ޕެޓިޝަނެއްވެސް ހުށަހެޅިއެެވެ. މި ބިލަކީ ނޫސްވެރިންގެ ދުލުގައި ތަަޅު އެޅުވޭނެ ބިލަކަަށްވާއިރު، ނޫސްވެރިންނަށް މިނިވަންކަން ދޭނެ ކަމަށް ބުނި ސަރުކާރުން މިފަދަ ބިލެއް ތަސްދީގު ކުރުމުން ގިނަ ސިޔާސީ ބޭފުޅުން ދަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ.