ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަދާލަތު ޕާޓީގެ ޓިކެޓުގައި ވާދަކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވައިލައިފިއެވެ.

Ads by Asuru
އަދާލަތުން ވާދަ ކުރަނީ އެންމެ ހަތަރު ދާއިރާ އަށެވެ. އެއީ މަކުނުދޫ ދާއިރާ އާއި، ވައިކަރަދޫ ދާއިރާ އާއި، އިނގުރައިދޫ ދާއިރާގެ އިތުރުން ފެލިދޫ ދާއިރާއެވެ.

އަދާލަތުން ވަނީ މި ދާއިރާތަކަށް އެ ޕާޓީގެ ޓިކެޓުގައި ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 23 ގެ ކުރިން ފޯމު ހުށަހެޅުމަށް އެދިފައެވެ.

މަޖިލިސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މާޗު މަހުގެ 17 ވަނަ ދުވަހުއެވެ.