ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަންކުރަން ކުރިމަތިލާ މީހުންނަށް ކުށުގެ ރެކޯޑު ސާފުކޮށްދިނުމުގެ ކަންތައްތައް ފަސޭކޮށްދީފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ)އިން ބުނެފިއެވެ.

Ads by Asuru

ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކުށުގެ ރެކޯޑެއް ނެތް މީހަކުނަމަ، އެމީހަކު ރެކޯޑަށް އެދޭތާ ފަސް މިނިޓު ތެރޭގައި ރެކޯޑު ސާފުކޮށްދޭނެ ކަމަށެވެ. އަދި، ރެކޯޑެއް އޮތްނަމަ، އެއް ދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑު ސާފުކޮށްދޭނެ ކަމަށެވެ.

އެ އޮފީހުން ވަނީ މިކަމުގައި މައްސަލައެއް ދިމާވެއްޖެނަމަ، އެމައްސަލައެއް ޙައްލު ކުރުމަށްފަހު، ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށެވެ.

އެކަމާ ގުޅުންހުރި އެއްވެސް ސުވާލެއް އޮތްނަމަ، ޕީޖީ އޮފީހުގެ ނަންބަރު 3000655 އާ ގުޅުމަށް އެ އޮފީހުން ވަނީ އެދިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅަންޖެހޭ ތަކެތީގެ ތެރޭގައި ހިމެނޭ ކުށާއި ދަރަނީގެ ރެކޯޑު ފޯމާއި، އިންތިޚާބަށް ޚާއްޞަކޮށްގެން ހުޅުވާ ބޭންކް އެކައުންޓް ހުޅުވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވައިލައިފިއެވެ.

މަޖިލިސް އިންތިޚާބު އޮންނާނީ އަންނަ މާޗު މަހުގެ 17 ވަނަ ދުވަހުއެވެ.