ހދ.ކުޅުދުއްފުށި ޖަލާލުއްދީން ސްކޫލުގެ ޖާގަ އިތުރުކުރުމަށް ބޭނުންވާ ކްލާސްރޫމްތަކެއް އެޅުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

Ads by Asuru

އެޑިޔުކޭޝަން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި މިމަސައްކަތް ހަވާލުކުރީ އިވޯސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.

ޖަލާލުއްދީން ސްކޫލުގެ އަށް ކުލާސްރޫމް އިމާރާތުގެ މަސައްކަތް ނިންމަން ދީފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތެކެވެ.

ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ހިންގާ މިމަޝްރޫއުގެ އަގަކީ 9.2 މިލިއަން ރުފިޔާއެވެ.

ސްކޫލުތަކަށް ބޭނުންވާ ޖާގަ އިތުރުކުމަށް މިއަހަރުގެ ތެރޭގައި ވަރަށް ގިނަ ކުންފުނިތަކަކާ މަސައްކަތް ހަވާލުކޮށްފައިވެއެވެ.