...
Advertisement
އެއާޕޯޓަށް ފުރަން ގޮސް ހުރި ދިވެއްސަކު ބޮމެއް އޮތް ކަމަށް ބުނެ ބިރު ދައްކައިފި
22 ޖެނުއަރީ 2024

ބޮމެއް އޮތް ކަމަށް ބުނެ ބިރު ދެއްކި ދިވެއްސަކު ހދ. ހަނިމާދޫ އިންޓަނޭޝަލް އެއާޕޯޓުން މިއަދު ހައްޔަރުކޮށްފިއެވެ.

Ads by Asuru
މި މައްސަލަ އާއި ގުޅޭގޮތުން ފުލުހުން މީޑިއާތަކަށް މިއަދު ބުނީ ހަނިމާދޫ އެއާޕޯޓަށް ފުރަން ގޮސް ހުރި ދިވެހި ފިރިހެނަކު ބޮމެއް އޮތް ކަމަށް ބުނެ ބިރު ދައްކާފައިވާ ކަމަށެވެ.
އެ މައްސަލައިގައި އެ ފިރިހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ހާމަކުރިއެވެ.

އެ މީހާއާ ބެހޭ އިތުރު އެއްވެސް ތަފްޞީލެއް ފުލުހުން ނުދެއެވެ.

ފުލުހުން ގެންދަނީ މި މައްސަލަ ތަހުޤީޤު ކުރަމުންނެވެ.

Ads by ooredoo maldives