މާލެ ސިޓީ ކައުންސިލުގެ މެދު ހެންވޭރު ދާއިރާގެ އިންތިޚާބީ ކައުންސިލަރު، އަޙްމަދު ރިޝްވާން އެމްޑީޕީ ދޫކުރައްވައި، ޕީއެންސީއާ ގުޅިވަޑައިގެންފިއެވެ.

Ads by Asuru

އޭނާ ޕީއެންސީއާ ގުޅިވަޑައިގެން، ފޯމު ޙަވާލު ކުރެއްވީ، ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް މުޢިއްޒުއާއެވެ.

މާލެ ސިޓީ ކައުންސިލުން ހުސްވެފައިވާ ތިން ގޮނޑިއަށް މެމްބަރުން އިންތިޚާބު ކުރުމަށް މި މަހުގެ 13 ވަނަ ދުވަހު ބޭއްވި ބައި-އިލެކްޝަން ކާމިޔާބު ކުރީ، ސަރުކާރުގެ މައި ޕާޓީ ޕީއެންސީގެ ދެ ކެންޑިޑޭޓުންނާއި އެމްޑީޕީގެ އެއް ކެންޑިޑޭޓެކެވެ.

އެގޮތުން މެދު ހެންވޭރުގެ ގޮނޑި އެމްޑީޕީން ނެގިއިރު، ހެންވޭރު ދެކުނު ދާއިރާގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓް އައިމިނަތު ރިޝްފާ ކާމިޔާބު ކުރެއްވިއެވެ. އަދި މާފަންނު ދެކުނު ދާއިރާގެ ކައުންސިލްގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު ޙަސަން ނިޒާމެވެ.

މާލެ ސިޓީ ކައުންސިލުގެ އިންތިޚާބީ މޭޔަރު އާދަމް އާޒިމާއި، ދާއިރާތަކުގެ އިންތިޚާބީ ކައުންސިލަރުން، މަޤާމުގެ ހުވައި ކުރެއްވުން މިރޭ ދަރުބާރު ގޭގައި އޮންނާނެއެވެ.