ޗިލްޑްރަންސް އޮމްބަޑްސްޕަސަންގެ އޮފީހަށް މައްސަލަތައް ހުށަހެޅުމަށް ހިލޭ ގުޅޭނެ ނަންބަރެއް ތައާރަފްކޮށްފިއެވެ.
އެތަނަށް ހިލޭ ގުޅޭނެ ނަންބަރަކީ 1656އެވެ.
ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް ހިލޭ ގުޅޭ ނަންބަރެއް ތައާރަފް ކުރީ ފަސޭހަކަމާއެކު މައްސަލަތައް ހުށަހެޅޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުންނެވެ.
ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުގެ މައިގަނޑު މަސްއޫލިއްޔަތުތަކަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި، އދ.ގެ ކުޑަކުދިންގެ ހައްގުތަކާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާއަށް ދައުލަތުގެ މުއައްސަސާތައް އަމަލުކުރާ މިންވަރު ދެނެގަތުމެވެ.
މީގެ އިތުރުން، ރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދިނުމުގައި ހަރަކާތްތެރިވާ އިދާރާތަކާއި، މުވައްޒަފުން މޮނިޓާކޮށް، އިވެލުއޭޓްކުރުމާއި، ރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދިނުމުގައި ހަރަކާތްތެރިވާ އިދާރާތަކާއި މުވައްޒަފުންގެ އަމަލުތައް ތަހުގީގުކޮށް މުތާލިއާކުރުމެވެ.
